ޚަބަރު ސިޔާސީ

ރައީސްގެ މޫނަށް ކުޅު ޖެހި މީހަކަށް، ފައިސާގެ ބޮޑު އިނާމެއް ހުށަހެޅި މައްސަލަ ބަލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވި މައްސަލަ ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރަައްވާ މުސްތަފާ ގެންދަވަނީ ސަރުކާރަށާއި، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދާތީވެސް އޭނާ ފާޑު ކިޔުއްވައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ތިމަރަފުށީގެ ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރައީސްގެ މޫނަށް ކުޅު ޖަހަން ގޮވައިލިއިރު، "ލޭއޮހޮރުވުމަކުން ވެރިކަން ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ޝިއުނާގެ ޓްވީޓަށް ފަހުގައި، އޭނާއަށް ފޮލޯކުރާ 10،000 މީހުން ތިބި "ނަންނަޒީވް" އެކައުންޓް، ޓްވިޓަރއިން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

 

Ads by Ooredoo
  1. ނާޅި

    މުސްތަފާ ބޭ އެއުޅެނީ ސޭލް އަޅުވައިގެން ނީލަން ކިޔާއިގެން ބޮޑު އަގުދީފައި ގަންނާނެ މީހަކު ނުވެގެން ތޯ ؟ ބަލަ ނަޝީދު ދިނީ ކިހާވަރެއްތޯ ؟ ބަލަ އަގެއް ހުށަހެޅީމަތާ އެގޭނީ ގަންނަންވެސް !