ޚަބަރު އިޖުތިމާޢީ

ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މ. ދިއްގަރުގެ ފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ދެ މީހަކު މިއަދު ފިހިއްޖެ އެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާގޮތުގައި މި ލޯންޗުގައި ރޯވެފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު އެވެ. އަދި ރޯވި އިރު ލޯންޗުގައި ދެމީހުން ތިބިކަމަށާއި އޭގެ ތެރެއިން އެކަކީ ލޯންޗުގެ ވެރިފަރާތްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އެކެއްގެ ދެފައިވަނީ ދެ ފައި ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މިދެމީހުންވެސް މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފައެވެ.

 އެ ހާދިސާގައި ރޯވި އަލިފާން ގަނޑު ނިއްވާލެވުނު އިރުލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެހެންނަމަވެސް ލޯންޗުގެ އިންޖީނުގައި ރޯ ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!