ޚަބަރު

ރާއްޖެ އެތެރެ ކުރި 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތި.. ފޮޓޯ/ފުލުހުން

ވައިގެ މަގުން ރާއްޖެ އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

Ads by Hajj Corporation

ކަސްޓަމްސްއިން މިއަދު ބުނީ ފެބްރުއަރީ 06 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެން ޕަސިންޖަރެއްގެ ލަގެޖްގައި  މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގޭޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine) އަށް ފައްސިވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާކަމަށެވެ.

Ads by Ooredoo
  1. ވިކިލީކްސް

    އަތުލަނީކީއެއް ނޫން. އެމީހާ އައިސް ހަވާލުކޮށްފަ އަނބުރާ ގައުމަށް ދިޔައީ.

    މިހާރު ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރަނީ ގުޅިގެން. އެއީ ހަވާލުކުރަން އަންނަ މީހާ ބަންދު ނުކޮށް އަނބުރާ ފޮނުވާލާ ގޮތަށް. މުޅި ދުނިޔޭގައިވެސް މިގޮތަށް ކަންތައް ކުރަނީ ދިވެހި ރާއްޖޭގައި އެކަނި.