ޚަބަރު

ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި އެއް ލައްކަ ގަސް އިންދަނީ

ދެން އެމްވީ ، ދެން އޮންލައިން

ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

Ads by STELCO

"ހޯރަފުށި އެއާޕޯޓު ފެހިކުރުން – އަހަރުމެން އެންމެންގެ ޒިންމާ" ގެ ނަމުގައި ކުރިއަށްގެންދާ މި ގަސް އިންދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ދައުވަތު އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ވަނީ އަރުވާފައެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 5:00 ގައި ހޯރަފުށީ އެއާޕޯޓު ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތަކުންނެވެ.

ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކާފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މި ޕްރޮގްރާމަކީ 2020 ވަނަ އަހަރު ފެށުމަށް ވަރަށް ފުރިހަމަ ގޮތެއް ކަމަށާއި ކައުންސިލްގެ މި ނިންމުމަށް ތަރުހީބު ދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!