ޚަބަރު

ސިޓީ ކައުންސިލްގެ މައްސަލަ ސްޓެލްކޯއިން އަލުން ހައިކޯޓަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގައި މަގު ކޮނެގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލަށް ދައްކާ ފީ ބޮޑުކޮށް އެ ކައުންސިލުން ހެދި އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން އަނެއްކާ ވެސް ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން ކޯޓަށް މި މައްސަލަ އަނެއްކާ ވެސް ހުށަހަޅާފައި ވަނީ އެ އުސޫލު ބާތިލް ކުރަން އެދި ސްޓެލްކޯއިން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވަނިކޮށެވެ.

އެކުންފުނިން ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ސިޓީ ކައުންސިލުން އަމަލުކުރަން ފަށާފައިވާ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލެވެ.

މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތްކުރުމުގެ އުސޫލަށް މިދިޔަަ މަހުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.

އެ އުސޫލުގައިވާ ގޮތުން މަގުގެ އަރިމަތިން ކޮންނަ ނަމަ ދުވާލަކަށް ފޫޓަކަށް 25 ރުފިޔާ ނަގާނެއެވެ. އަދި ޖަންކްޝަން މަތި ނަގައިގެން ކޭބަލް ވަޅުލުމަށް ކޮންމެ ކޭބަލް ޖަންކްޝަނަކަށް 300 ރުފިޔާ އަދި މަގުގެ ގާ ނެގުމާއި އެތުރުމަށް އަކަފޫޓަކަށް ދުވާލަކު 100 ރުފިޔާ ނަގާނެ ކަމަށް އުސޫލުގައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!