ދުނިޔެ

އެއް ހަށިގަނޑެއް: މި ޝިޢާރުގެ ދަށުން ބިންހެލުމުގައި ޒަޙަމްވި މީހުންނަށް ފަލަސްތީނުން ލޭ ހަދިޔާ ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި ޒަހަމްވި މީހުންނަށް އެހީވުމަށް ޣައްޒާގެ ރައްޔިތުން ލޭ ހަދިޔާ ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އަލް އަމާލް ފައުންޑޭޝަން ފޯ ޔަތީމުންގެ ކޯޑިނޭޓަރު ނަގްލާ އަލް ގަލައިނީ އަލްޖަޒީރާއަށް ވިދާޅުވީ މި ކެމްޕޭނަކީ މިދިޔަ ހަފުތާގައި އައި ނުރައްކާތެރި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވުމާ ގުޅިގެން ފަލަސްތީނުގެ ވޮލަންޓިއަރުން ކުރަމުން އަންނަ އެއްބައިވަންތަކަމުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

"މި ހަރަކާތަކީ އަރަބި ދުނިޔެއާއި އިސްލާމީ ދުނިޔެއަކީ އެއް ދުނިޔެއެއް - އެއް ހަށިގަނޑެއް – މި ޝިޢާރުގެ ދަށުން ސީރިއާ އާއި ތުރުކީއަށް ގެއްލުންވާ ކަންކަމުގެ ސަބަބުން ޣައްޒާއަށާއި ފަލަސްތީނަށް ގެއްލުންވާ ކަމަށް ދެކި، އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް،" އަލް ގަލައިނީ ވިދާޅުވިއެވެ.

"ސީރިއާ އާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެވޭނެ މާ ރަނގަޅު ވަސީލަތްތަކެއް، ނުވަތަ އެ ގާބިލުކަން ގާޒާގައި ނެތް ކަން އެއީ ހަގީގަތެއް، ނަމަވެސް ފަލަސްތީނަށް އެހީވި ތުރުކީ އަދި ސީރިއާގެ ރައްޔިތުންނަށް ދޭނެ ލޭ އެބަހުރި."

އަލްޣަލައިނީ ވަނީ ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!