ޚަބަރު

ތިން ފަޑިޔާރެއްގެ ހަތަރު ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުން--
ޖުޑީޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ)އިން ތަހުޤީޤު ކުރެއްވި ތިން ފަނޑިޔާރެއްގެ ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
އެކޮމިޝަނަށް ހުށަހެޅި ޝަކުވާއާއި ގުޅިގެން ބަލައިފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ މައްސަލައަކާއި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލައިގެ އިތުރުން، ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލަ އެކެވެ.

Ads by STELCO
ޖޭއެސްސީން ވިދާޅުވެފައިވަނީ،  މިމައްސަލަތައް ތަހުގީގު ކުރުމަށްފަހު މި ހަތަރު މައްސަލަވެސް ސާބިތު ނުވާކަމަށް އާދީއްތަ ދުވަހު ނިންމާފައިވާ ކަމަށެވެ. ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ބެލި މައްސަލަތަކުގެ މަޢުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.

ތިން ފަނޑިޔާރެއްގެ ހަތަރު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމެވިއިރު، ޖޭއެސްސީން މައްސަލަތައް ތަހުޤީޤު ކުރާއިރު، ކަންކަން ކުރާގޮތާއި ގުޅޭގޮތުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

Ads by HDC
  1. އިސްތިއުފާ

    ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫ އަކީ އަދި ނައިބް ރައީސް ފައިސަލް އަކީ ވެސް ބަލަގަ އެމެން ކޮންމެ ދުވަހަކު ދެ އިރު ދެ ދަޅަ އަށް ބޭސްކާ އުސޫލުން ދައުލަތުގެ ތިޖޫރީގައި ހުރި ފައިސާ ނަގަ ނަގައިގެން ރާއްޖޭން ބޭރަށް ފުރަންދާއިރު އެމެންނަށް ނުފެންނަނީތޭ ވެލާނާ އެއާރޕޯރޓްގެ ބޭރު ކަނޑުތޮށި ބޮލަށް ވެއްޓޭ ތަން އެންމެ ގަލެއް ވެސް މިސަރުކާރަށް ނެތޭ ބޭއްވިފައި ދެން ފައިސަލް މެން ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރިނަމަ ބުނާނީ ދެން ހެވޭ އިސްތިއުފާ ދޭނީއޭ ދެން ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ ނައިބް ރައީސް ފައިސަލް އިސްތިއުފާ