ރިޝްފާގެ ފޮޓޯތަކެއް ފުލުހުން ލީކުކޮށްލި ކަމަށް ބުނާ މައްސަލައެއް
ފިލްމީ ތަރި އައިމިނަތު ރިޝްފާގެ ޒާތީ ފޮޓީތަކެއް ފުލުހުން ލީކުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.
ފޭސްބުކްގައި ރިޝްފާ މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ނިވެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާގެ ފޯނާއި ޕާސްވޯޑު ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފޮރެންސިކްސް ޑިޕާޓްމަންޓާއި، ތިން އޮފިސަރަކަށް އެކްސެސް ދީފައިވާ ކަމަށް ރިޝްފާ ބުންޏެވެ.
ރިޝްފާ ބުނީ މިހާރު އޭނާގެ ހުރިހާ ފޮޓޯއަކާއި ވީޑިއޯތަކެއް ޕަބްލިކް ސައިޓްތަކުގައި ދައުރުވަމުންދާ ކަމަށާއި ފޯނުގެ ޕާސްވޯޑް ދިނީ މައްސަލައެއްގައި ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާތީ ކަމަށެވެ.
ރިޝްފާ ވަނީ އެކަމުޔެ ޒިންމާ އުފުލަންޖެހޭނީ ކާކުތޯ ސުވާލުކޮށްފައެވެ. އަދި ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާނަމަ އިތުބާރު ކުރާނީ ކިހިނެއްތޯވެސް ރިޝްފާ ވަނީ ސުވާލުކޮށްފައެވެ.
އަދި އޭނާގެ އަބުރު ގެއްލުވާލުމުގެ ޒިންމާ އުފުލަންޖެހޭ ކޮންމެ މީހަކަށް ވެސް ކޯޓުން ޙައްޤު އަދަބު ލިބޭނެކަން ކަށަވަރުކޮށްދޭނެ ކަމަށާއި ފުލުހުންގެ "ޕްރޮޓެކްޓް އެންޑް ސަރވް”އަކީ މީހުންގެ ޒާތީ ކަންކަމަށް އަރައިގަތުން ފަދަ ކަމެކަށް ވެފައިވާ ކަމަށް ރިޝްފާ ބުންޏެވެ.
ޒާތީ ފޮޓޯ ނެގީ ކާކު ބުނެގެންތަ!؟ ފޯނު ވަގަށް ނަގާފަ، އެ ވަގު ކަލޭގެ ފޯނުގަ ހުރި ތިކިޔާ ޒާތީ ފޮޓޯތައް ލީކް ކޮއްލި ނަމަ ކިކޭ ކިޔާނީ!؟ އެހެންވީމަ ފޯނުގަ ޒާތީ ފޮޓޯ ނުބަހައްޓަ…..
ކަލޭމެން ކާކަށް ދައްކަން ތިޔަ ނަގަނީ
އެހެންނޫނަސް ދަބަރުގައި އަތްހާކާނި ދަނގަނޑަށް ފެންބޮވައިވާ ކަބުރުންނެއްނު!
ރިސްފާގެ އަބުރެއް އޮވޭތޯ؟؟
ވ.ރަގަޅުވާހަކައެތް ކޮންމެމީހަކު ކުރިޔަސް ކުށެއްވާނީ ކުށަކަތް ވީމާ ފިޔަވަޅު އަޅާ
ކަލޭގެ އަބުރު ގެއްލުއާލުމައްޓަކާ މަސްތުވާތަކެތި ބޯން ބަޔަކު ގެންދިއީތާ މަލޭގެ ފިހާރަތަކުގަ ހުރި ހުރިކުލައެއް މުޅިގައިގަ އުނގުޅީމާ އަބުރުވެރިންނައް ވަނީތަ
ރައީތުން ކުރިމަތީގަ އަބުރު ވެއްޔާމޮޑެވިފަ ހިރި މީހަކު ކޮން އަބުރެތް އޮންނާނީ ތީ މިހާރު މި ގައުމުގަ މީހުން އެތްވެސް ރެސްޕެކްޓް އެތް ކުރާބަޔެއްނޫން މީހާ އަހުލާގެއް ނެތިއްޔާ ދެން ކާކު ބަލައިގަންނަނީ
ކަބުލޯ ތިބުނާ ލީކުވި ފޮޓޯއިން ފޮޓޮއެއް މިކޮޅައްވެސް ފޮނުވާލަދީބަލަ ނިކަން ބަލާލަން ކެރޭތޯ!