ޚަބަރު

ޗާންދަނީ މަގުގައި ހުންނަ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗާންދަނީ މަގު ރެޑްބީ ފިހާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by Hajj Corporation

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ 09:30 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައި ވާއިރު އެ ހާދިސާ ހިނގީ އެ އިމާރާތުގެ ތިރީގައި ހުންނަ ކަރަންޓް ބޯޑެއްގައި ރޯވެގެންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ގިނައެވެ. އަދި މިފަދަ ނުރައްކާތެރި ބޮޑެތި އެތައް ހާދިސާއެއް މި ފަހުން ހިނގާފައިވެއެވެ.

  1. ކަލޭ

    ފަތޯނާ އަށް ވަރަށް މޮޅަށް ހަބަރު ހޯދިފަ މިއޮތީ. ފަތޯނާ އެހެން ވަޒީފާއެއް ހޯދަންވީނު