އިރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް އުވާލަން ޝީ ގޮވާލައިފި

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފިއެވެ.
ބުރާސްފަތި ދުވަހު އެމަނިކުފާނު މިގޮތަށް ގޮވާލައްވާފައިވާއިރު އޭނާ ވަނީ އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ ދައުވަތު ގަބޫލުކުރައްވައި އީރާނަށް ވަޑައިގަންނަވަން ނިންމަވާފައެވެ. އެކަން ކަށަވަރުކޮށްދެއްވުމުގެގޮތުން އެ ދެ ލީޑަރުންގެ ގުޅިފައިވާ ބަޔާނެއް ވަނީ ނެރުއްވާފައެވެ. އެފަދަ ބަޔާނެއް ނެރުއްވާފައިވަނީ ތިން ދުވަހުގެ މުއްތަކަށް ރައީސީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ މަންފާ ލިބޭނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލައިގެން ކަމަށެވެ. އެކަމުގެ ސަބުން އީރާނަށް އިގްތިސާދީގޮތުން މަންފާ ލިބޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.