ޚަބަރު ސިޔާސީ

އަމްރުގެ ސުވާލެއް އިއްސެއަށް: މިގޮތަށް ވާހަކަ ހުންނަ ނަމަ ވޯޓު އިތުރު ކުރާނީ ކިހިނެއް؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިނުވާ މީހުން އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވުމާއި ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިޙަށް ރަސްމީކޮށް ހަވާލު ކުރުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިނުވުމާއި ގުޅިގެން އިއްސެ ވިދާޅުވީ އަސާސީ ގަވާއިދު ލާޒިމްކުރާ ނިންމުމެއް އާއްމު މެމްބަރުން ނިކުމެ ވަކިގޮތަކަށް ނިންމާ، އެނިންމުމާއި ގުޅިގެން ޕާޓީން އިންތިޒާމްކުރާ ހަރަކާތްތަކުގައި ބައިވެރިނުވެ، “ބޮޑާހާކާ” މީހުން ޕާޓީގެ އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި އެންމެ ރީތި ގޮތަކީ ޕާޓީގެ އިސް މަޤާމުތަކުން އަވަހަށް އަމިއްލައަށް އެއްފަރާތްވުން ކަމަށް އިއްސެ ވިދާޅުވިއެވެ.

އިއްސެގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަމްރު ވަނީ މި ގޮތަށް ވާހަކަތައް ހުންނަކަމަށް ވާނަމަ ވޯޓް އިތުރުކުރާނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓް ރައީސަށް ރޭ އެރުވީ އެކަމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާއެއްގައެވެ. ޓިކެޓް އެމަނިކުފާނާ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

Ads by Ooredoo
  1. ހިނގާދަމާ

    ހިނގާށެ ނަލަ ކުރަމާ ރާއްޖޭގައި ވެރިކަން ކުރާ މައިރަށް ފުރަމާލެ ހިނގާށެ މާލޭގެ ދެކުނު ފަރާތުގައި ހުރި ހާބަރު ކަޑަތައް ހިންގާ އެންމެނަށް އެކަކު ވެސް ބާކީ ނުކޮށް އެއިން ކޮންމެ މީހަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ހުޅުމާލޭ ހުޅަނގުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ގޯތިދީ އެމެންނަށް ވިޔާފާރި ކުރަން ފަހި ފުރުސަތުދީ މިވަތަން ދެކެ އެމެން ލޯބިން ވިޔާފާރި ކުރާ ގޮތް ހަދަމާ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އިޖާބަ ދެމާ ރައްޔިތުން އެދޭ ގޮތަށް ހިނގާ މަމެންނާއި އެކު ނުވާނަމޭ ވަރުބަލި ވަތަންގެ ދަރިން އެމެންގެ ކުރިމަގަށް ޓަކައި މިވަތަން ގައި ވިޔާފާރި ކުރަން އެމެން ބޭނުން ވުމުން އެމެންނަށް ފަހި ފުރުސަތު ދޭ ސަރުކާރަކަށް ކުރިމަގުގައި މިވަތަން ގައި އޮންނަ ގާސިމް އިބްރާޙިމް އާއި އަންނި އާއި ޔާމީން އާއި އުމަރާއި ކާރނަލް ނާޒިމާއި އަދި ސަން ސިޔާމް ގުޅިގެން އުފައްދާ ގުޅުމުން ފަހި ކުރަމާ ހިނގާ ނަގާށޭ ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ މަމެންނާއި ގުޅިގެން ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ހިނގާދަމާ

    ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ދަރިންގެ ފަހި ކުރިމަގު އެމެންނަށް މާލެ ސަރަހައްދުން ގޯތި ދީގެން ހިނގާ ހުއްޓާލަމާ ރާއްޖެތެރޭ ކޮރަޕްޓް ވަގު މެމްބަރުން ބުނާ ގޮތަށް ސަރުކާރުން ބޭކާރު ޚަރަދު 10 ހާހުން ދަށުގެ ކުދި އާބާދީ ތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރުން ހުއްޓާލަމާ ހިނގާ ދަމާ އެފައިސާ އިން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ރާއްޖޭގެ އެންމެނަަށް އެ ގޮތުން ހިއްކާ ފަޅު ތަކުން ބިން ދީ އެމެންގެ ދިރިއުޅުން އުޖާލާ ކުރަމާ ހިނގާ ރުވަން ފެންދީ އެމެންގެ ދިރިއުޅުމުގެ މަތިވަރު އާރޯ ކުރަމާ ހިނގާ ނަފާ ހޯދަން މިވަތަން ގައި ވިޔާފާރި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ގުޅެމާ ގާސިމް އިބްރާހިމް އާއި މިކަން ކުރަން އެންމެން ގުޅިގެން ހިނގާ މަމެންނާއި އެކު ގައި ގާސިމް އަތުގައި ހިފައިގެން ވަތަން އެދޭ ގޮތަށް ދާން ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާނގެ ދެއްވާނދޭންވެ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….