ޚަބަރު ވިޔަފާރި

ރޯދަ މުދާ އަންނަމަހު ކުރީކޮޅު ލިބޭނެ، އަގު ކޮންޓްރޯލްކޮށް ހިފެހެއްޓޭނެ: އެސްޓީއޯ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޯދަމަހަށް ޚާއްސަކޮށްގެން ގެންނަ މުދާ އަންނަ މާރޗުމަހުގެ ކުރީކޮޅު ލިބޭނެކަމަށާއި އަގު ކޮންޓުރޯލްކޮށް ހިފެހެއްޓޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ads by MWSC

އެ ކުންފުނިން ބުނިގޮތުގައި ކޮންމެ ރޯދަ މަހަކާއި ދިމާކޮށް، އެ ކުންފުނީގެ ޑިމާންޑާ އެއްވަރަށް ފިޔާ ބިސް އަދި އަލުވި ފަދަ ބާވަތްތައް ގެނެސް މާކެޓްގެ އަގުތައް މަތިވިޔަ ނުދީ ހިފެހެއްޓޭތޯ ވަރަށް ބޮޑަށް އެކުންފުނިން  މަސައްކަތް ކުރަމުންދެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަށް ފިޔާ ބިސް އަލުވި ފަދަ ޒަރޫރީ މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރިއަށް ތައްޔާރުވާއިރު، މި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އެކުންފުނިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި އެކުންފުނީގެ މުދާ އެކުންފުނިން ވިއްކާ ރޭޓުގައި ހުރިހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލެ ފޭސް 2ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މިފިހާރަ ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!