އަރަބިއްޔާ އިމާރާތުގެ ތަފްސީލް ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތް އަލީ އާއި ސުވާލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހަޅައިފިއެވެ.
ތާރިގް(ޓޮމް) ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް، މިނިސްޓަރު އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މަޖިލީހަށް ތޯރިގް ހުށަހަޅާފައިވާ ނޯޓިސްގައި ބުނެފައިވަނީ އަރަބިއްޔާ ސްކޫލަށް މާލޭގައި އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަކާއި ހަވާލުކޮށްފައިވާ ކަމަށް 2022 އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އަރަބިއްޔާއަށް އަޅާ ސްކޫލްގެ ކްންޓްރެކްޓް އަގަކީ ކިހާވަރެއްތޯ އާއި މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯ ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އާއި ސްކޫލްގެ ބޭނުންކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ ވެސް ސުވާލުގައިވެއެވެ.
އަރައްބިއްޔާގެ އާ އިމާރާތު މަޝްރޫއު ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ސުކޫލުގައި ހަތަރު ލިފްޓު ހަރުކުރާނެއެވެ.