Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

3000 މީހުން ހަމަނުވާ ލިސްޓަށް އަނެއްކާވެސް އެމްއާރްއެމް

3000 މީހުން ހަމަނުވާ ލިސްޓަށް އަނެއްކާވެސް އެމްއާރްއެމް

ރާއްޖޭގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީގެ ދަފްތަރަށް 3000 މެންބަރުން ހަމަނުވާ ލިސްޓަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އުފައްދާފައިވާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަނެއްކާވެސް ހިމެނިއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ އާންމުކުރި ލިސްޓުގައި ހާމަކޮށްފައިވާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބި ކަމަށް ދައްކަނީ 2981 މެންބަރުންނެވެ. އެޕާޓީގެ އިތުރުން ދެން 3000 މެންބަރުން ހަމަނުވަނީ އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން އުވާލަން ނިންމި ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީއާއި، އެމްއެލްއެސްޑީޕީއެވެ.

އެންމެ މެންބަރުންގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ 57660 މެމްބަރުންނާއެކު އެމްޑީޕީއެވެ. ދެވަނަ އަށް އެންމެ މެންބަރުން ގިނައީ ޕީީޕީއެމްގައެވެ. ޕީީޕީއެމްގައި 38704 މެންބަރުން ތިބި އިރު ތިން ވަނަ އަށް މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގަައި އޮތީ 22607 މެންބަރުންނާއެކު ޖުމްހޫރީ ޕާޓީއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް