ޚަބަރު ސިޔާސީ

މިނިސްޓަރު ނަހުލާއާއި މެޑަމް ފާތުން ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެއް ކަމަށް ބުނެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް (މެޑަމް ފާތުން) އާއި ސިއްރު ބައްދަލުވުމެއް ބޭއްވިކަމަށްބުނެ ފަތުރަމުންދަނީ ދޮގެއްކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާރސަން އަލީ ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖަކާއި އެކު އަލީ ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްވީކްރައިސިސް" އިން ފެތުރި ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި މިނިސްޓަރު ނަހުލާ ޗީބޯ އަށް ވަޑައިގެންނެވީ އާއިލާގެ ބޭފުޅުނާއެކުގައިކަމަށެވެ.

"ގަހަކުން ފަތެއް ހެލުމަކީ ފަހަތުން އަންނަހެން ހީވާންޖެހޭ ކަމެއް ނޫނެވެ. ސިޔާސީ ވައި ރޯޅިއަކުން ހެލުނު ފަތެއްވެސް ނޫނެވެ. ޖޭޕީ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ، މެޑަމް ފާތުންއާ ބައްދަލެއް ނުކުރައްވައެވެ. ޗީބޯއަށް އާއިލާގެ ބޭފުޅުންނާއެކު ވަޑައިގެންނެވީއެވެ. އަލީ ޞާލިހު ވިދާޅުވިއެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ޔާމީންގެ ގެކޮޅާ ޖެހިގެން ހުންނަ ޗީބޯ ރެސްޓޯރެންޓުން މިނިސްޓަރު ނަހުލާ ނުކުމެވަޑައިގެންނެވުމުގެ ކުރިން އެތަނުން ނުކުމެގެން ދިޔަ މީހެއް އެކަމަނާގެ ކާރުކޮޅުގެ ކުރިއަށް ގޮސް އެކަމަނާ ކާރަށް އަރަނިކޮށް ފޮޓޯއެއް ނަގައެވެ.

އަދި އެކަމަނާއާއި އެކު ރެސްޓޯރެންޓުން ނުކުތް އެހެން އަންހެނަކާއެކު އެމީހާ އެތަނުން ދަނީ އެކަމަނާ ކާރުކޮޅަށް އެރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!