ސަލާމަތީ ސަބަބުތަކަށްޓަކައި ކެނެޑާގެ ފެޑްރަލް ޑިވައިސްތަކުގައި ވެސް ޓިކްޓޮކް މަނާ

ކެނެޑާ ސަރުކާރުގެ އޮފިޝަލް ޑިވައިސްތަކުން ޓިކްޓޮކް އެޕް ބޭނުންކުރުން މަނާކޮށްފިއެވެ.
ކެނެޑާ ސަރުކާރުގެ އިތުރުން އެމެރިކާ ސަރުކާރާއި، ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ މި ފިޔަވަޅު އަޅާފައެވެ.
ކެނެޑާ ސަރުކާރުން އެޅި މި ފިޔަވަޅާއެކު އެގައުމުގެ ސަރުކާރު މުވައްޒަފުން ގެންގުޅޭ އޮފިޝަލް ޑިވައިސްތަކުން މި އެޕް ބޭނުމެއް ނުކުރެވޭނެއެވެ.
ކެނެޑާ ސަރުކާރުން ޓިކްޓޮކް ބޭންކުރަން ނިންމީ ޒާތީ އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެއެވެ. ކެނެޑާ ސަރުކާރުގެ މުވައްޒަފުންނަށް ފޮނުވި ނޯޓެއްގައި ވާގޮތުން މި ނިންމުން ނިންމާފައިވަނީ ސައިބަރ އެޓޭކެއް އައިސްދާނެ ކަމުގެ ބިރާއެކުއެވެ.
އެމެރިކާ ސަރުކާރާއި ޔޫރަޕިއަން ކޮމިޝަނުންވެސް ޓިކްޓޮކް ބޭންކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.