އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވެއްޖެ

އުރީދޫ މޯލްޑިވްސްއިން މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިޔުސީ) 2023 ގައި ބައިވެރިވެއްޖެއެވެ.
މި އަހަރު ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސް ކުރިއަށްގެންދަނީ ސްޕެއިންގެ ބާސެލޯނާގައެވެ. މި ކޮންގްރެސް ކުރިއަށްދަނީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
އުރީދޫން ބުނީ އެމްޑަބްލިޔުސީގެ ތެރެއިން އެ ކުންފުނީގެ މަންދޫބުން ދާއިރާގެ ޕާޓްނަރުންނާ ބައްދަލުކޮށް، މުވާސަލަތީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އެ ދާއިރާއަށް ނޭދެވޭ އަސަރުކުރާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އާ ޕާޓްނާޝިޕްތައް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑަބްލިޔުސީގައި އުރީދޫން ބައިވެރިވެފައިވަނީ ޒަމާނުއްސުރެ އެ ކުންފުނިން މުވާސަލާތީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަމުގެ ތެރެއިން ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.