ޚަބަރު ސަރުކާރު

ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެ ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލު ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތްކޮށްފައިވާ ހިރިލަންދޫ ފެނަކަ އޮފީސް އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައެވެ.

ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިރިލަންދޫގެ ކަރަންޓްގެ ޙާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް މިހުޅުވުނު އިންޖީނުގޭގެ އޮފީސް ޢިމާރާތާއި އެކު މުވައްޒަފުންނަށް ފަސޭހަތަކާއި، ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަލަށް މިހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ތަރައްޤީކުރެވެމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްޤީވާންވީ މިންވަރަށް ތަރައްޤީ ނުވެކަމަށެވެ. މިގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ފުރިހަމަވެފައި ނެތްކަން ފާހަގަކުރެއްވިއެވެ.

ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތް ކުރި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިމާރާތް ބައްލަވާ ލައްވާފައެވެ. މިޢިމާރާތަކީ، 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. މިއީ ތ. އަތޮޅުގައި އިމާރާތް ކުރަމުންދާ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތެވެ.

ކޮޅުމަޑުލު ހިރިލަންދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ހިރިލަންދޫ ބަނދަރު ސަރަހައްދުން އެރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ

Ads by Allied Insurance
  1. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  2. އިސްތިއުފާ

    ކޮބާ ރައީސް އިބޫ ވިދާޅުވި އެންމެ 2 ރުފިޔާއޭ ބޮޑުވާނީ 2 ރުފިޔާތޭ ބޮޑުވީ އަދިވެސް ތަކެތީގެ އަގު ބޮޑުވާނީ ސަރުކާރުން ޓެކްސް ނަގަ ނަގައިގެން ރާއްޖެތެރޭ ކުދި ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޮޑެތި އަދަދު ތަކުން ޚަރަދުކުރާއިރު އެކުރާ ޚަރަދަކީ އެއީ ދުވަހަކު ވެސް ދެކޮޅު ޖެހޭނެ ކަންކަމެއް ނޫނޭ ދެން މިޖެހެނީ ރައްޔިތުން ފެލާލައިގެން ޓެކްސް ނަގަންއޭ ޓެކްސް ބޮޑުކުރާ އިރަށް ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވަނީ ބަލައްޗޭ ދެން މަޖްބޫރުވާނެ އަމިއްލަ ކުންފުނިތަކުގެ މުސާރަ ދެން ބޮޑުކުރާނެއޭ އެއިރުން އަދި ތަކެތީގެ އަގު މައްޗަށްދާނެ ހީވެސް ނުކުރާ ވަރަށް މިއަހަރުގެ ޖުލައި މަސް އަންނަންވާއިރަށް ކަޅު ސައިތަށްޓެއް ހޮޓަލުން ލިބޭނީ 20 ރުފިޔާއަށޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  3. ދޮންއާދަމްބޭ.

    ކުކުޅު ބިސްއަޅާފަ ގޮވަންފަށާބީދައިން،އިބުރާހީމްއަށްވެސް ކަމެއްކުރެވޭއިރަށް ގޮވަންފަށާ…ކުކުޅު ސްޓައިލްދޫކޮށްލާ..ތަންކޮޅެއް ހަމަޖެހޭ ދެކޮޅުޖެހޭ ވާހަކަދައްކަބަލަ.ކަލަނުގޮވާ! ދިވެހިރައްޔިތުން ލަދުގަންނަވާނުލާ…

  4. ބަލާތި

    މިރާއްޖެ އަމާން ބަނދަރަކަށް ގެންގޮސް ދޭނެ ކެންޑިޑޭޓަކަށް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަނީ އެއީ ގާސިމް އިބްރާހިމް އެކަމަކު ގާސިމް ވަގުތު އޮތް ކަމަށް ހީކޮށް މިކަން ފަސްކޮށްފިނަމަ ރައްޔިތުން ގާސިމް އާއި މެދު ދެކެމުން އައި އުއްމީދު ގެއްލިގެންދާނެއޭ ގާސިމް ގާތު ތިބޭ އެޑްވައިޒަރުންނަކީ ވެސް އެއީ އާންމުންގެ ތެރޭގައި އާންމުކޮށް އުޅޭ ބަޔަކަށް ނުވުމާއި އަދި ގިނަ މީހުންނަކީ އެއީ ރާއްޖެތެރޭ މީހުން ކަމަށްވާއިރު އެމެންގެ ސިކުނޑީގައި އީޖާދު ކުރަނިވި ކަންކަން މަދުވާނެއޭ ގިނަ ފަހަރަށް އެއް ހިއްސު މަދު އުސޫލުންނޭ އެމެންނަށް ވިސްނޭނީ ކަން މިހެން ހުރުމުން ކެނެރީގެ ނަޝީދު ސަފުގެ ކުރިއަށް ޖެހިލާ ގާސިމް އިބްރާހިމް އަށް ހިތްވަރުދީގެން އެބަޖެހޭ ގާސިމް ބިރު ފަހަނައަޅާ ގޮސް ކެރިގެން ނިކުންނަން ސަރުކާރަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ ސަރުކާރަށް ކޯޓް ތަކުގެ ގާޒީން ގަނެވޭނަމަ ވިޔަފާރިވެރިންނަށް މާރީއްޗަށް ގަނެވޭނެއޭ މިކަން ކަން ދަނެގެން އަަވަހަށް ގާސިމް އިބްރާހިމް އަތުގައި ހިފައިގެން އަންނި ނިކުންނަންވީއޭ ވަގުތު އޮތް ކަމަށް ޖޭޕީ ގައި ތިބި އެޑްވައިޒަރުންނަށް ހީވި ނަމަވެސް ވަގުތެއް ނެތޭ ސިޔާސީ ޕްރޮޑަކްޓަކަށް ގާސިމް އުފެއްދުމަށް ޓަކައި ބޭނުންވޭ އެޕްރީމް މޭ އަދި ޖޫން މަސް ދެން ކެމްޕެއިން ކުރަން އޮންނާނީ ޖުލައި މަހާއި އޮގަސްޓް މަހޭ އެއީ މޫސުމް އެންމެ ގޯސް ދުވަސްވަރު ކުރާ ކެމްޕެއިން އެއް ކުރަންވީ މޫސުން ރަނގަޅު މަސް ތައް ކަމަށްވާ މާރޗް އެޕްރީމް މެއި މަހު ޖޫން ޖުލައި އޮގަސްޓް މަހު އެއީ އިމްތިޚާން ހަދަން ޖެހޭނެ ދުވަސް ތަކަކީ…