ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ އާރިފް ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫސިޓީ، ހުޅުދޫއަށް ނިސްބަތްވާ ސ.ހުޅުދޫ/ ސަނީލޮޖް، އަލީ އާރިފް ފެނިފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

Ads by STELCO

އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ފެބުރުވަރީ 16 ވަނަ ދުވަހުއެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައިކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އޭނާގެ އާއިލާ މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮއްކޮ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އަދި އާރިފްގެ ހާލު ވެސް ރަނގަޅު ކަމަށާއި އާރިފް ހޯދުމަށް މަސައްކަތް ކޮށްދިން ހުރިހާ އެންމެނަށް އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

  1. ދިފާއުގައި

    މިއޮއް ހުރިހާ ދުވަހު ގެއްލެން ދިމާވި ސަބަބެއްވެސް އޮންނަންވާނެއްނު!