ކޮވިޑް-19 ފެށުނީ ޗައިނާއިން ކަމަށް ބުނާނަމަ ހެކި ދައްކަން ގޮވާލައިފި
ދުނިޔެއަށް ކޮވިޑް ފެތުރިގަތީ ޗައިނާގެ ވުހާންގެ ލެބޯޓަރީއަކުން ކަމަށް އެމެރިކާ އާއި ބައިވެރިން ކުރިން ބުނި ބުނުން އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ. މި ބުނުމުގައި ސިޔާސީ ކުލަ ޖެހިފައި އޮތް ނަމަވެސް އެ މީހުންގެ އެ ބުނުން އެ ނޫން ގޮތަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ.
މިބުނުމުގައި ސިޔާސީ ކުލަ ޖެހިފައި އޮތް ނަމަވެސް އެ މީހުންގެ އެ ބުނުން އެ ނޫން ގޮތަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިޔަސުސް ވިދާޅުވި ގޮތުގައި ކޮވިޑަކީ ހަމަ ހަގީގަތުގައި ވެސް އެމެރިކާ އެ ބުނާ ގޮތަށް ޗައިނާގެ ލެބަކުން ފެތުރިގަތް ބައްޔެއް ކަމަށް ނިންމައި ޑަބްލިޔުއެޗްއޯގެ ރެކޯޑްތަކަށް އެރުވުމަށް -- ޑަބްލިޔުއެޗްއޯގެ ފެންވަރަށް އެކަން ގަބޫލުކުރުމަށް -- އެމެރިކާއިން ހެކި ދައްކަން ޖެހެ އެވެ.
އެނޫން ގޮތެއްގައި ޑަބްލިޔުއެޗްއޯ އަށް އޮންނާނެ ގޮތަކީ -- ޑައިރެކްޓަރު ޖެނެރަލް ވިދާޅުވި ގޮތުގައި -- ކޮވިޑް ފެތުރިގަތް އަސްލާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ސިޔާސީ ބޭނުމަކު ދައްކާ ވާހަކަތަކެއް ކަމަށް ބަލައިގަތުމެވެ.
ކޮވިޑު އުފެދުމުގެ އަސްލާ ބެހޭ ގޮތުން އެއްޗެއް އެނގޭ ބަޔަކު ތިބި ނަމަ އެކަން ޑަބްލިޔުއެޗްއޯއާ ހިއްސާކުރުމަށް ޑައިރެކްޓަރު ޖެނެރަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކޮވިޑް ފެތުރިގަތް ތަނަކާ ބެހޭ ގޮތުން އަނެއްކާވެސް ވާހަކަތައް އޮލަވެގެން މިއުޅެނީ އެފްބީއައިގެ ޑައިރެކްޓަރު ކްރިސްޓޮފާ ރޭ ފޮކްސް ޓީވީއަށް ދެއްވި އިންޓަވިއުކާ ގުޅިގެންނެވެ.
ކްރޮސްޓޮފާ ވިދާޅުވީ ކޮވިޑް ފެތުރިގަތް ކަމަށް -- ދިރާސާތަކުގެ އަލީގައި -- އެންމެ ބޮޑަށް ބެލެވެނީ ޗައިނާގެ ލެބަކުން ކަމަށެވެ. އެ ދިމާއަށް އިނގިލި ދިއްކުރެވެނީ އެކަމުގައި ހުރި އަސަރުތައް ގިނަކަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިއީ ޗައިނާއަށް ގަބޫލުކުރަން ފަސޭހަ ވާކަތަކެއް ނޫނެވެ. ޗައިނާ ބުނާ ގޮތުން ކޮވިޑް ފެތުރުނީ އެ ގައުމުން ކަމަށް ބުނެ ދައްކާނެ އެއްވެސް ހެއްކެއް، އެއްވެސް ބަޔަކަށް ނޯންނާނެ އެވެ.
ޑަބްލިޔުއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ ގޮތުގައި ކޮވިޑްގެ އަސްލު ހޯދުމަށްޓަކައި ޗައިނާގެ އޮފިޝަލުންނާ ވެސް ދޭތެރެ ދޭތެރެއިން މަޝްވަރާކުރެވެ އެވެ. އަދި ސްވިޒަލޭންޑްގައި ހުރި އެމެރިކާ އެމްބަސީއާ ގުޅިގެން ވެސް މަސައްކަތްތަކެއް އެބަކުރެވެ އެވެ.