ޚަބަރު

ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް، އެކަކު ގެއްލިގެން ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މ. އަތޮޅު ކައިރިން ދަތުރު ކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ.

Ads by Hajj Corporation

މި ހާދިސާއާ ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ކިޔާާ ބޯޓެއްގައި ކަމަށާއި އެއީ މާލެ ދަތުރު ކުރާ ބޯޓެއް ކަމަށެވެ.

އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމައިލައިފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 02:4 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހުންނާއި އިންޑިއާގެ ފަސް މީހުން ކަމަށެވެ.

ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާ މީހެކެވެ.

  1. ހެޔޮއެދޭ

    އެ ބޯޓުގައި 5 ދިވެހީން 10 ބިދޭސީން … ( ދެ ޤައުމެއްގެ)

    ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ވުމަކީ ދިވެހީންނަށް ވާނުވާ ” ދޮންކަޅުމިން” ނޭނގޭނެ ކަމެއް ….

    މިގޮތް ރަނގަޅެއް ނޫން