ޚަބަރު ޝަރުޢީ ދާއިރާ

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ހައި ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ޖުޑީޝަލް ސާރވިސް ކޮމިޝަނުން މިއަދު ކުރެއްވި އިއުލާނެއްގައި ވަނީ މި އިޢުލާންގައިވާ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށެވެ.

ލިވިން އެލަވަންސާއި ރިސްކް އެލަވަންސްއާއެކު ޖުމްލަ 56،300 ރުފިޔާގެ މުސާރަ ލިބޭ މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށްވުން އެކަނިކަމަށް މި އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މަޤާމަށް ހަމަޖެހޭ ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސްއާއި ފޯނު އެލަވަންސް ލިބޭނެކަމަށްވެސް މި އިޢުލާނުގައި ވަނީ ބުނެފައެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު ތިއްބެވި ފަނޑިޔާރުންނަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވިއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ.

އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުރީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

Ads by HDC
  1. ޖޭއެސްސީ ތިޔައީ ނަމެއްގައި ކުރާ އިއުލާނެއް ، މައުމޫނު ދުވަސްވަރަށްވުރެން ޖޭއެސްސީގެ ކަންކަން މާގޯސް !