އާލިއާ ގެ "ސަޅަކް 2" އަށް 7 މިލިއަނަށްވުރެ ގިނަ މީހުންގެ ނުރުހުން

ސުޝާންތު ސިންގް ރާޖްޕޫތަށް އިންސާފު ނުލިބެނީސް އާލިއާ ބަޓްގެ ފިލްމުތައް ނުބަލާނެ ކަމަށާއި ބޮއިކޮޓް ކުރާނެ ކަމަށް ބެލުންތެރިން ބުނީ ޖޯކަކަށްހެން ހިއެއް ނުވެއެވެ.
އާލިއާގެ އެންމެ ފަހުގެ ފިލްމު "ސަޅަކް 2" ގެ ޓްރެއިލާ އިއްޔެ ރިލީޒް ވެފައިވާއިރު، އެޓްރެއިލާއަށް ވަރަށް ގިނަ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ޓްރެއިލާއަށް މިހާރުވެސް 7.6 މިލިއަން މީހުން "ޑިސްލައިކް" ކޮށްފައިވެއެވެ.

"ސަޅަކް 2" އަކީ އާލިއާގެ ބައްޕަ މަހޭޝްބަޓް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި އާލިއާ ގެ އިތުރުން ހަރަކާތްތެރިވަނީ އަދިތުޔާ ރޯއީ ކަޕޫރާއި ސަންޖޭދަތެވެ.
ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑްގެ ދުވަސް ކޮޅަށް ވުމާއެކު، ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ "ޑިޒްނީ ހޮޓްސްޓާ މަލްޓިޕްލެކްސް" މެދުވެރިކޮށް އޮންލައިންކޮށެވެ.
ފިލްމީ އާއިލާއިން އައިސްފައިތިބި އެންމެންގެ ފިލްމުތައް ބޮއީކޮޓް ކުރާނެ ކަމަށް އިންޑިއާގެ ގިނަ ބަޔަކު ބުނެފައިވާއިރު، އެމީހުން ބުނަނީ ސުޝާންތު އަމިއްލައަށް މަރުވުމުގެ އެއް ސަބަބަކީވެސް ބޮލީވުޑްގެ އެފަދަ ތަރިންނަށް ދާއިރާ ތެރެއިން ދެމުން ގެންދިޔަ އަޙައްމިއްޔަތުކަން ކަމަށެވެ.