ޚަބަރު ސަރުކާރު

މާލޭ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ދެ ހަފްތާތެރޭ ނިމޭނެ: މޭޔަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިހާރު މާލޭގެ ގިނަ މިސްކިތްތަކެއްގައި ކުރިއަށް ދާ މަރާމާތުގެ މަސައްކަތްތައް ކުރިއަށް އޮތް ދެހަފްތާތެރޭގައި ނިމޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މިސްކިތްތަކުގައި ކުރިއަށް ގެންދާ މަރާމާތުގެ މަސައްކަތުގެ މަޢުލޫމާތާއެކު މާލޭ ސިޓީކައުންސިލުން ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވައި، މޭޔަރު ވިދާޅުވީ މާލޭގެ ވަރަށް ގިނަ މިސްކިތްތަކުގައި އެއްފަހަރާ މަރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ.

މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސަރުކާރުން ދީފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓުން އެކަން ނުކުރެވޭނެތީ މިސްކިތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް މާލޭ ސިޓީ ކައުންސިލުންވަނީ "ޗާލު މިސްކިތް" ނަމުގައި ފަންޑު ހޯދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މިހަރަކާތަކީ މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އެގޮތުން މި ހަރަކާތުން 744713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!