ފެބްރުއަރީމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ނިމުނު ޖެނުއަރީމަހު ރާއްޖެއަށް 177000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 3.1 އިންސައްތަ އިތުރުވުމެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 6354 ފަތުރުވެރިން އައިސްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން އެމަހު ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. އަދި ތިންވަނައިގައި އޮތީ އިޓަލީއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. މިއާއެކު ރާއްޖެއަށް ގިނަ ޢަދަދެއްގެ އެއަރލައިންތަކަކުންވެސް ދަނީ ދަތުރުތައް ބާއްވަމުންނެވެ.