ޚަބަރު

އުރީދޫން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާާސް ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެކުންފުނީގެ ބޯޑުން މިއަދު ކަނޑައަޅައި އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމައިފައިވަނީ މިދޔަ މަހުގެ 3 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައެވެ.

ހިއްސާއަށް ބަހާ ފައިސާގެ އަދަދު ފާސްކޮށްފައިވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވިއެވެ. އެގޮތުން، ހިއްސާއަކަށް 3.04ރ. ބަހަން ފާސްވީ ހިއްސަދާރުންގެ 87.96 އިންސައްތަ ވޯޓާއެކުއެވެ.

އުރީދޫއިން 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 2.70 ރުފިޔާ އެވެ.

މިއަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިޒް ވޯޓާހައުސް ކޫޕާސް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.

އެކުންފުނި އޮޑިޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ 62،920 ޑޮލަރު ދިނުމަށް ފާސްކޮށްފައިވެއެވެ. މިދިޔަ އަހަރުވެސް އެކުންފުނި އޮޑިޓްކޮށްފައިވަނީ ޕްރައިޒް ފާމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!