އުރީދޫގެ އެހީގައި އެމްއެންޑީއެފްގައި ޒަމާނީ ފެންވަރުގެ ޖިމެއް

އުރީދޫ މޯލްޑިވްސް ގެ އެހީއާއެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަޅުތުއްކަލާ ކޮށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ޖިމްއެއް ހުޅުވައިފިއެވެ.
ސެނަފިޓް ސެންޓަރުގެ ނަމުން ނަންދީފައިވާ މި ޖިމް، އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ ދީދީ އަދި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފަތިމާ އަލް ކުވާރީ، މިއަދު އެ ސެންޓަރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޙާލިދް އަލް ހާމާދީ އާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގަނެފައިވެއެވެ.
އުރީދޫން ވިދާޅުވީ، މި މަސައްކަތަކީ ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް ގެ އެދިލެއްވުމަށް ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ. ސެނަފިޓް ސެންޓަރ ގާއިމްކުރުމަށް އުރީދޫއިން ދެއްވި އެއްބާރުލުމަކީ އެކުންފުނީގެ އިތްޖިމާއީ ޒިންމާގެ ދަށުން ދުޅަހެޔޮ ދިރިއުޅުން ބިނާ ކުރުމަށް ވެފައިފާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު މަސައްކަތެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި ޖިމް ގާއިމް ކުރެވިފައިވަނީ ޒަމާނީ ފިޓްނަސް ވަސީލަތްތައް ހިމެނޭ ގޮތަށެވެ.