ޚަބަރު

ތަމްރީންވާން 20 ނޫހަކުން ނޫސްވެރިން އިންޑިއާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އެމިޓީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާ އަށް ފުރައިފިއެވެ.

Ads by STELCO

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނާއި އެޑިޓަރުން ތަމްރީނުކުރުމަށް ބާއްވާ އަށް ދުވަހުގެ އެ ޕްރޮގްރާމުގައި 20 ނޫހަކުން ބައިވެރިވެފައިވާ ކަމަށެވެ.

މިއީ "އިން ސަރވިސް ޓްރެއިނިންގ އޮފް އެޑިޓަރސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ (ނޮއިޑާ)، އިން އިންތިޒާމްކުރާ ޕްރޮގްރާމެއް ކަމަށާއި އެއީ 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

އެ ޕްރޮގްރާމްގައި އެތިކްސް އާއި، މީޑިއާ ދާއިރާގެ މުހިންމު ގާނޫނުތަކާއި، އެކި ހާލަތްތަކުގައި ހަބަރު ގެނެސްދީ ރިޕޯޓްކުރާނެ ގޮތްތަކާއި، ސޯޝަލް މީޑިއާގެ މުހިންމުކަން ފަދަ ބައިތައް ކިޔަވައިދީ ސެޝަންތައް ނޫސްވެރިންނަށް ހިންގާނެ ކަމަށް، މީޑިއާ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި އެ ގައުމުގެ ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނި ގޮތުގައި، މި ތަމްރީން ދަތުރުގައި ބައިވެރިވާ ނޫސްވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، އަދި ނެޝަނަލް ކެޕިޓަލް ރީޖަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ، ނޫސްވެރިން އިންޑިއާ އަށް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ދިޔައީ، ނޫސްވެރިންގެ ގާބިލްކަން އިތުރުކުރުމަށް އެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ލިބުނު ފުރުސަތެއްގައި ކަމަށެވެ.

  1. ނިހާން

    ތަމްރީން ވާކަށްނޫން ގައްދާރުވާން ދަސްކޮއްދިނުމަށް