ޚަބަރު

ފުލުހުންގެ ޚިދުމަތަށް އާއްމުންގެ އިތުބާރު ހޯދުމަކީ ދުރު ރާސްތާއެއް: އިމްރާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ޚިދުމަތް ރިފޯމުކޮށް، އާންމުންގެ އިތުބާރު ހޯދަން ކުރަން ޖެހޭ މަސައްކަތަކީ ދިގު ރާސްތާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ، ފުލުހުންގެ "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" މފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދެއް  ކަމަށެވެ. އަދި އެ ވައުދާ އެއްގޮތަށް ފުލުހުންގެ ޙިދުމަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޚިދުމަތަށް ހެދުމަށް ގިނަ ބަދަލުތަކެއް މިހާރު ވެސް ގެނެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ޚދުމަތަށް މުޅިން އާ ޤާނޫނެއް ވުޖޫދުވެ އެ ގާނޫނުގެ ތެރެއިން ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

 

"އެ މަންޒިލަށް ވާސިލް ވުމަށްޓަކައި ދިގު ރާސްތާއެއް، ކަޑައްތު ކުރަންޖެހޭ ކަށިތަކުން ފުރިގެންވާ ދިގުމަގެއް. ރައީސް ޞާލިހުގެ ސަރުކާރުން މި މަސައްކަތް ފެށީ ކަމުގެ ހަގީގަތް އެނގި ތިބެ މި ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމުގައި."

 

މިއަދު ފެށި "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓާއި ދިރާސީ ފެންވަރެއްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

މީގައި 10 ކަރުދާހެއް ވެސް ހުށަހަޅާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!