ޚަބަރު

އެސްޓީއޯއިން ރޯދައަށް ޚާއްސަކޮށް، ހެޔޮ އަގުގައި ލުނބޯ ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ރަމަޟާން މަހު އެސްޓީއޯއިން ލުނބޯ ހެޔޮ އަގުގައި ވިއްކާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ވިދާޅުވީ، އެ ކުންފުނިން ދަނީ އިންޑިއާއިން ލުނބޯ އެތެރެކޮށް، ހެޔޮ އަގުގައި ވިއްކުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިގޮތަށް މިކަން ކުރަން ނިންމާފައިވަނީ ކޮންމެ ރޯދަ މަހަކު ވެސް ބާޒާރުގައި އާއްމު ކާބޯތަކެތީގެ އަގުތައް އަތްފޯރާ ފަށެއްގައި ބެެހެއްޓުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު މިހާރު އުފުލިފައިވާއިރު، އެސްޓީއޯއިން އެތެރެކުރާ ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއަށެވެ. ރޯދަ މަސް ފެށުމާއެކު ލުނބޯ ލިބުން ދަތިވެ، ބައެއް ފަހަރު ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެސް އަރައެވެ. މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 80 ރުފިޔާއަށެވެ.

އެސްޓީއޯއިންދަނީ މީގެ ކުރިން ވެސް އާއްމު ގޮތެއްގައި ބޭނުންވާ ކާބޯތަކެތީގެ އަގު އަތްފޯރާ ފަށެއްގައި ބެހެއްޓުމަށްޓަކައި މިފަދަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!