ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު އާއްމު ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން ނަމަ 84 ރުފިޔާ، ރަތް ހަނޑުލުން ނަމަ 99 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑުލުން ނަމަ 84 ރުފިޔާ، ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑުލުން ނަމަ 100 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑުލުން ނަމަ 125 ރުފިޔާ، އާދައިގެ ފުށްނަމަ 12 ރުފިޔާ އަދި އާޓާ ފުށްނަމަ 75 ރުފިޔާއެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެ ބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ، ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިން ކަމަށާއި، މީގެތެރޭގައި އޮންލައިންކޮށް، އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށް ދާނެކަމަށެވެ.

ޒަކާތް ދެއްކޭނެ ގޮތްތަކުގެ ތެރޭގައި ދިރާގު ޕޭ، އެމް ފައިސާ، އެމްއައިބީގެ ފައިސާ މޯބައިލް، ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަން އަދި ބަނޑޭރި ޕޯޓަލް ހިމެނެއެވެ.

Ads by Ooredoo
  1. އަލީ ރަޝީދު

    ފިތުރު ޒަކާތަކީ ގޮވާމުން ދައްކަން ޖެހޭ އެއްޗެކެވެ. ފައިސާ ދެއްކުމުން ޒަކާތް ދެއްކުނީ ކަމަކަށް ނުވާނެއެވެ. އަދި ޒަކާތް ނެރެން ޖެހެނީވެސް އީދު ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސުމުން ފެށިގެން އީދު ނަމާދަށް ނުކުންނަން ދެންނެވެ. ދީނީ ކަންތަކަށް ބޭނުންގޮތަލަށް ބަދަލުކުރުމުގެ އިޚްތިޔާރެއް އެކަކަށްވެސް ނޯންނާނެއެވެ.