ޒުވާން ވިޔަފާރިވެރިޔާ މުއާންގެ މުޅި ދިރިއުޅުން , ކްރަންޗް ތެރޭގައި

ފެއިލްވެދާނެކަމަށް ބިރު ގަނެ ކުރާ ނުވަތަ ކުރަން އުޅޭ މަސައްކަތް ހުއްޓައިލާ މީހުންނަށް ވެސް ޒުވާން މުއާނަކީ މިސާލެކެވެ. އެތައް ބައިވަރު ވަޒީފާއެއް އަދާކޮށްފައި ވީ ނަމަވެސް އަމިއްލަ މަސައްކަތެއް ކުރުމުން ލިބޭ ހިތްހަމަޖެހުމާއި އެ މަސައްކަތަށް އުފެދޭ ލޯބި ވެސް އެންމެ ރަނގަޅަށް ދަންނަ އެކަކީ މުޢާނެވެ. ވެއްޓިދާނެކަމުގެ ބިރާއި ފޫހިކަމުގެ އިހްސާސްތަކުގެ އަޑު ނާހައި ކުރިއަށްދާ ނަމަ ކާމިޔާބީއަކީ ދާދި ގާތުގައި އޮތް އެއްޗެއްކަން ތަޖުރިބާގެ އަލީގައި ބުނެދެނީ ވެސް މުޢާނެވެ.
މުއާން"ދެން"އާ ހިއްސާކޮށްދިނީ އޭނާގެ ކުރު މާޒީއާއި އެ މާޒީގައި އޮތް ދިގު ވާހަކަތަކެވެ.
https://youtu.be/eSGKQ23YOe0
ތަޖުރިބާއާ އެކު ފެށީ އަމިއްލަ މަސައްކަތެއް
އޯ ލެވެލް ނިންމައިލުމަށް ފަހު މުއާން އެންމެ ފުރަތަމަ މަސައްކަތް ކުރީ ފުޑް އެންޑް ބެވެރެޖްސް ދާއިރާގައި ރިސޯޓެއްގެ އިންޓާންއަކަށެވެ. ކެއްކުމަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އޭގެ ފަހުން މާލޭގެ ކެފޭއެއްގައި ބަރިސްޓާއަކަށް އުޅުނެވެ. އަދި މަޝްހޫރު ރެސްޓޯރެންޓް މެރާކީގެ ލޮޖިސްޓިކް ބައިގައި މަސައްކަތް ކުރިއެވެ. އޭގެ އިތުރުން ހުޅުމާލޭގައި ބައްޕައާ އެކު ރެސްޓޯރެންޓެއް ހިންގަން އުޅުނެވެ. އުމުރުން އެންމެ 22 އަހަރު ނަމަވެސް, މުއާންގެ ސީވީ މިހާރު ވެސް އޮތީ ފުރިފައެވެ. އެހައި ގިނަ ތަޖުރިބާ އެބަހުއްޓެވެ. މުއާން ކިޔައިދިން ގޮތުގައި އަމިއްލަ ވިޔަފާރިއެއް ފަށަން އޭނާއަށް އެންމެ ބޮޑު އެހީއަކަށްވީ އެހެން ތަންތަނުން ލިބުނު ތަޖުރިބާއެވެ. ރިސޯޓްގައި އުޅުނުއިރު ލިބުނު ކެއްކުމުގެ ޓިޕްސްއެވެ. ބަރިސްޓާއަކަށް އުޅުނު އިރު ލިބުނު ސޯޝަލް އިންޓްރެކްޝަންތަކެވެ. ލޮޖިސްޓިކް ދާއިރާގައި އުޅުނު އިރު ލިބި ބަދަހިވި ގުޅުންތަކެވެ. ކްރަންޗް.އެމްވީގެ އެންމެ ޚާއްސަ, އަދި މެއިން ޕްރަޑަކްޓަކީ ޑާޓީ ފްރައިޒްއެވެ. މިއީ ރާއްޖެއަށް އައު ކޮންސެޕްޓެކެވެ. ރާއްޖޭގައި އާއްމުކޮށް ފްރައިޒް ލިބެން ހުންނަނީ ސައިޑް ޑިޝްއަކަށެވެ. ނަމަވެސް ކްރަންޗްއިން މިކަން މިއަދު މި ވަނީ ބަދަލުކޮށްލައިފައެވެ. “މާލޭގައި ނުފެނޭ ވަރަށް. މެނޫތަކުގައި އާއްމުކޮށް ހުންނާނީ ސައިޑް ޑިޝްއެއްގެ ގޮތުގައި. ފްރައިސް ވިތް ބީފް، ޗިކެން ވިތް ބީފް ކަހަލަ ގޮތަކަށް. އެކަމަކު ސީދާ މެއިން ޕްރަޑަކްޓަކަށް ނުވިއްކާ" މުއާން ބުނީ ވަކި ޑިޝްއެއްގެ ގޮތުގައި ފްރައިސް ވިއްކަން ޚިޔާލު ދިނީ އޭނާ ރައްޓެހި ވެގެން އުޅޭ ކުއްޖާ ކަމަށެވެ. "އަޅުގަނޑު ބައްޕައާ އެކު ކެފޭއެއް ހިންގިން ހުޅުމާލޭގައި ކުރިން، އޭރު ލޯޑެޑް ފްރައިޒްގެ ގޮތުގައި އަޅުގަނޑު ފްރައިޑޭ ސްޕެޝަލްއެއް ހިންގިން. އެއީ އަޅުގަނޑުގެ ގާލްފްރެންޑް ދިން އައިޑިއާއެއް."އޯލް އިން ވަންއެއް; މަސައްކަތް ކުރަނީ ޓެރެސްގައި
ކްރަންޗް ފެށުނީ މުއާން ގޭގެ ޓެރެެސްއިންނެވެ. ޓެރެސްގައި ކުޑަ ތަންކޮޅެއް ހިޔާކޮށްގެން އެ ތަނުގައި ކުޑަ ބަދިގެއެއް ހެދީއެވެ. ބޮޑު އިންވެސްޓްމެންޓަކާ ނުލައި, ކުޑަ ވިޔަފާރިއެކެވެ. ކްރަންޗް ފެށިއިރު ކައްކާއަކީ ވެސް, ސޯޝަލް މީޑިއާ ހޭންޑަލަރއަކީ ވެސް, ޑެލިވަރީ އޯޑަރު ނަގާ މީހަކީ ވެސް މުއާންއެވެ. ކުރުގޮތަކަށް ބުނާ ނަމަ ކްރަންޗްގެ އަތަކީ މުއާންގެ އަތެވެ. ހުރިހައި ކަމެއް ކުރަނީ އަމިއްލައަށެވެ. ވިޔަފާރި ފުޅާވެގެންދާ އިރު, އިތުރު މީހުން ނެގުމުގެ ވިސްނުން މުއާންގެ ހުރި ނަމަވެސް އަދި ހުރީ ޑެލިވަރީކުރާ ކުއްޖެއް އެކަންޏެވެ. "ޓެރަހުގައި ކިޗަން ސެޓަޕެއް ހަދައިގެން، އެތަން ހިޔާކޮށްލައިގެން މި އުޅެނީ. އެކަމަކު އަޅުގަނޑު އެއް ފްރަޔަރުން ފެށި މީހަކު މިއަދު ތިން ފްޔަރަށް ބަދަލު ވެއްޖެ. މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ބިޒްނަސްއަށް ލިބުނު ބޮޑު ކުރިއެރުމެއް" ކްރަންޗް.އެވްމީ ވުޖޫދުވިތާ އަދި މިއީ 8 މަސް ދުވަހެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ފޭވްރިޓެވެ. އަޒުމަކަށްވީ ގެޕެއް ފިލް ކޮށްލުމެވެ. ކޮންޕެޓިޝަނަކާ ނުލާ މިހާރު ޑާޓީ ފްރައިސްގެ އެއްވަނައިގައި އެ އޮތީ ކްރަންޗެވެ. އެކަމާ ދެބަސްވާނެ މީހަކު ނޫޅެއެވެ. “ޑާޓީ ފްރައިސް މަޝްހޫރު ކުރެވޭތޯ އަޅުގަނޑު މި މަސައްކަތް ކުރަނީ. އަޅުގަނޑު ބޭނުންވަނީ، ފްރައިޒްއޭ ބޮލަށް އަންނަ ހިސާބުން، އޯކޭ ކްރަންޗަށޭ އަޅުގަނޑު ދާނީ، އެއްވެސް އިތުރު ތަނެއް ނުދެން."View this post on Instagram






ކޮމެންޓް