މުނިފޫހިފިލުވުން ދިވެހި ސިނަމާ

އެންމެފަހުން "ނީނާ" ގެ ބައެއް "ލުކް" ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީ ހައިރާން ކޮށްލިފަދަ ރީތި ފިލްމެއް ކަމަށްވާ "ބަވަތި" ގެ ކާމިޔާބީއަށްފަހު، ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމަކީ، އައި ފިލްމްސްގެ ދެވަނަ އުފެއްދުން ކަމަށްވާ "ނީނާ" އަށެވެ.

Ads by STELCO

ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝަރަފް އަބްދުﷲ އެކުގައި ފެނިގެންދާ މިފިލްމުގައި ޚާއްސަ ކަންތައްތަކެއް ވާކަން މިހާތަނަށް ފިލްމާއި ގުޅޭގޮތުން ފެނުނު ފޮޓޯތަކާއި ޚަބަރުތަކުން ވެސް ވަނީ އެނގިފައެވެ.

އޭގެތެރެއިން އެއްކަމަކީ، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒޫ، މިފިލްމުގައި ފެނިގެންދާ ތަފާތު ގޮތެވެ. ފަހަކަށް އައިސް ނުޒޫ ފެންނަނީ ބޮލުގައި ބީނީއެއް އަޅައިގެން އަބަދުވެސް އިސްތަށިގަނޑު ފޮރުވައިގެން ހުއްޓައެވެ.

އެކަމާއިމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާ، "ނީނާ" މިފިލްމަށް ނުޒޫ އިސްތަށިގަނޑު ބޭލީ ކަމަށް ވެސް ބުނެފައެވެ. އެސުވާލުތަކަށް ޖަވާބު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އިލްޔާސް ވަހީދު (އިއްލެ) މީގެ ކުރިން ބުނެފައިވަނީ މިފިލްމުގައި ނުޒޫގެ ފެނިލުން ތިން ގޮތަކަށް (3 ލުކްއެއް) ހުންނާނެ ކަމަށާއި، އޭގެ ތެރެއިން އެއްގޮތަކީ ނުޒޫގެ އިސްތަށިގަނޑު ކޮށާލާފައި ހުރުން ކަމުގައެވެ.

އެހިސާބުން ގިނަ ބެލުންތެރިން ތިބީ ނުޒޫގެ "ލުކްތައް" ބަލާލުމަށް ކެތްމަދުވެފައެވެ. އަދި ބެލުންތެރިން ކުރަމުންދިޔަ އެއިންތިޒާރުގައި މިއަދު މިވަނީ ކޮންމެވެސް ވަރަކަށް ކުލަޖެހިފައެވެ.

"ނީނާ" ފިލްމުގެ ޓީޒަރ ޓްރެއިލަރ މިއަދު އާއްމުކޮށްފައިވާއިރު، އޭގެން ނުޒޫގެ ދެ "ލުކެއް" ވެސް ވަނީ ފެނިފައެވެ.

ކްރައިމް އަދި ތްރިލާ ޖާންރާއަކަށް އުފައްދާ މިފިލްމުގައި ނުޒޫ އާއި ޝަރަފްގެ އިތުުރުން ފެނިގެންދާނީ ނަތާޝާ ޖަލީލް (ނަތާ)، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

ފިލްމު ރިލީޒް ވުމަށް މިހާރު ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!