ޚަބަރު

ގެވެށި އަނިޔާގެ މައްސަލާގައި މަޑަވެލިން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގެވެށި އަނިޔާގެ މައްސަލާގައި ގދ. މަޑަވެލިން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންްދެން ބަންދުކޮށްފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މަޑަވެލީގެ މަގުމަތީގައި ދަމަމުން، އަންހެނަކު ގެންދާ މަންޒަރު ދައްކައިދޭ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ ގައިގައި ވަރަށް ބާރަށް ޖަހާތަން ވެސް ފެނެއެވެ.

މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އެ އަންހެންމީހާއާއި އަނިޔާކުރި ފިރިހެންމީހާގެ ގުޅުމަކީ ކޮބައިކަމެއް ފުލުހުން ބަޔާންނުކުރެއެވެ.

  1. ދަރާއްޖެތެރެ

    ރާއްޖެތެރެ ދޯ އެއް ކުޅަނދު މަދުވާނެއޭ ލޯބި ވެސް އެއާލާތުން ހޯދަން ބޭނުންވަނީ ތަޅާ މަރައިގެންނޭ އެހެންވެއޭ މަމެން ބުނަނީ ރާއްޖެތެރޭން މީހުން ބާލަން ރާއްޖެތެރެ އެވަނީ ރާއްޖެތެރޭން ދަ ރާއްޖެތެރެއަށް ބަދަލުވެފައޭ މަމެން ބުނަން ނެތީމޭ…