ދެން ރެސިޕީ | ޑޯނަޓް
ބޭނުންވާތަކެތި:
- 4 ޖޯޑު ފުށް
- 2 ސައިސަމުސާ ބޭކިން ޕައުޑަރ
- 2 ބިސް
- 2/3 ޖޯޑު ކިރު
- ލޮނު
- 11/4 ޖޯޑު ހަކުރު
- 1 ސައި ސަަމުސާ ވެނީލާ އެސެންސް
- 1/4 ޖޯޑު ބަޓަރ
- ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ވެނީލާ އެސެންްސް އެއްކޮށްލާށެވެ. ދެން ބަޓަރު ކޮޅު މެލްޓް ކޮށްލާފައި ހުރިހާ ތަކެތި އެއްކޮށް މޮޑެލާށެވެ. އެއްކޮށްލުމަށް ފަހު 2 ގަޑިއިރު ވަންދެން ފުށްގަނޑު ކަވަރ ކޮށްފައި ބަހައްޓާށެވެ. އެއަށްފަހު ޑޯނަޓް ބަށްޓަމަށް ހަދާފައި ތެލުލާށެވެ. އޭރުން އެހުރީ ޑޯނަޓް ތައްޔާރު ވެފައެވެ. ބޭނުންފުޅުވާ ނަމަ ޑޯނަޓުގެ މައްޗަށް ޗޮކްލެޓް ނުވަތަ ސްޕްރިންކަލްސް ފަދަ އެއްޗެއް އެޅިދާނެއެވެ
Ads by HDC