Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

އެސްޓީއޯއިން އަމްރުވަކިކޮށް، ވަގުތީ ގޮތުން ހިންގުން ސީއެފްއޯއަށް

އެސްޓީއޯއިން އަމްރުވަކިކޮށް، ވަގުތީ ގޮތުން ހިންގުން ސީއެފްއޯއަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުންނާއި އަދާކުރަމުން ދިޔަ މަޤާމުތަކުން ހުސެއިން އަމްރު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަމްރު ވަކި ކުރަން ހުށަހަޅާފައިވަނީ ރައީސް އޮފީހުން މިއަދުއެވެ. އޭނާ ވަކިކުރަން ޕީސީބީއިން ދެންމެ ވަނީ ނިންމާފައެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން އަމްރު ވަނީ ވަކިކޮށްފައެވެ. އެސްޓީއޯއާ އަމްރު ހަވާލުވެ ވަޑައިގަތީ ނޮވެމްބަރު 18، 2018ގައެވެ.

Advertisement
Ooredoo — Square (box)

އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަން ޕީސީބީން ނިންމާފައިވަނީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމުއާއެވެ.

ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ފެށިގެން އަމްރު ގެންދަވަނީ، އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން މުހައްމަދު ނަޝީދުގެ ފަޅީގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ރިޔާސީ ކޮމެޓީއާއި ދާދި ފަހުން ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި އެމްޑީ އަމްރު ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް