ދުނިޔެ

އިންޑިއާގައި ރަމަޟާން މަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމަކަށް ވާއިރު، ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ގައުމެއްގައި މައިނޯރިޓީއެއްގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން މުސްލިމުން އެގައުމުގައި ދިރިއުޅެއެވެ.

Ads by Sosun Fihaara

ޕިއު ރިސާޗް ސެންޓަރުގެ އާ ދީނީ ޕްރޮޖެކްޝަންތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ދީން ކަމަށްވާ ހިންދޫ ދީނާއި އިސްލާމް ދީނުގެ އެންމެ ބޮޑު އާބާދީއެއް އޮތުމުގެ ޝަރަފު އިންޑިއާއަށް ލިބިގެންދާނެ އެވެ.

އަދި 2050 ވަނަ އަހަރު އެ ގައުމުގައި 311 މިލިއަން މުސްލިމުން ތިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ދުނިޔޭގެ ޖުމުލަ އާބާދީގެ 11 ޕަސެންޓެވެ.

މިއަހަރުގެ ރަމަޟާން މަހު ވެރިރަށް ނިއުދިއްލީގެ މުސްލިމުން އެއްވެ، އެމީހުންގެ އިޖުތިމާއީ އަދި ސަގާފީ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަމަޟާން މަސް އައުމުގެ އުފަލުގައި ރަމަޟާންމަހަށް ވަކި ސިފައެއް ދީފައިވެއެވެ.

ރަމަޟާން މަހަކީ މުސްލިމުންނަށް އެންމެ މާތް މައްސަރު ކަމަށާއި، ގަދައަޅައި ނަމާދުކުރުމާއި، އަމިއްލަ ނަފްސަށް އަހުލުވެރިވުމާއި، ފަތިހުން ހަވީރު ރޯދަހިފުމާއި، ރޭގަނޑުގެ ފަރިތަކުރުންތައް ވެސް ހިމެނެއެވެ.

އަލްޖަޒީރާއިން ވަނީ މުސްލިމުންގެ ޒަމާންވީ އަވަށްތަކަށާއި، ތާރީޚީ މިސްކިތްތަކަށާއި، މަދްރަސާތަކަށާއި، އެޤައުމުގެ ތާރީޚީ ވެރިރަށް ސިޓީގެ މާރުކޭޓުތަކަށް ޒިޔާރަތްކޮށް، އިންޑިއާގައި މުސްލިމުން ރަމަޟާން މަސް ފާހަގަކުރާ ގޮތުގެ މި ގެލެރީ ތިޔަބޭފުޅުންނަށް ގެނެސްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!