ދެން ރެސިޕީ | އޯރިއޯ މިލްކްޝޭކް

ބޭނުންވާ ތަކެތި:
3 ޖޯޑު ހިކި ކިރު
4 ޖޯޑު ވެނީލާ އައިސް ކްރީމް
2 ފެކެޓް އޯރިއޯ ބިސްކޯދު
4 މޭޒުމަތީ ސަމުސާ ޗޮކްލެޓް ސީރަޕް
ކުރީމް
ތައްޔާރުކުރާނެގޮތް:
ކިރު، އައިސް ކުރީމް، ޗޮކްލެޓް ސީރަޕް އަދި ކުދި ކޮށްފައި ހުރި ބިސްކޯދުތައް މިކްސްޗަރަކުން ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއްކޮށް ރަނގަޅަށް މިކްސް ވުމުން ތަށްޓަށް އަޅުއްވާފައި މައްޗަށް ކުރީމް ކޮޅެއް އަޅާށެވެ. އޭރުން އެހުރީ އޯރިއޯ މިލްކް ޝޭކް ތައްޔާރުވެފައެވެ.