ރެސިޕީ

ދެން ރެސިޕީ | ބިރިޔާނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި:

1/2 1 ޖޯޑުގެ ބާސްމަތީ ހަނޑޫ ފެނުލައިގެން މަޑުކޮށްފައި

Ads by WAMCO

500 ގްރާމް ކޮށާފައި ހުރި ކުކުޅު

1/4 ޖޯޑު މަސްމިރުސް

ރަހަލާވަރަށް ލޮނު

1 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ މުގުރި މިރުސް

1 ސައިސަމުސާ ހަވާދު

1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް

1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް

1 ޖޯޑު ޔޯގަޓް

2 މޭޒުމަތީ ސަމުސާ މަސްޓަރޑް އޮއިލް

4 މޭޒުމަތީ ސަމުސާ ގިތެޔޮ (ނުވަތަ މާޖިރިން)

1 ސައިސަމުސާ ދިރި

1 އިންޗި ހުންނަ ވަރުގެ ފޮނިތޮށި ކޮޅެއް

7 ކާފޫރު ތޮޅި

6 ކަރަންފޫ

3 ފިޔާ ތުނިކޮށް ކޮށާފައި

1 އަލުވި 2/1 އިންޗި އަކައަށް ވާގޮތަށް ކޮށާފައި

4 ރޯމިރުސް ކުދިކޮށް ކޮށާފައި

2 މޭޒުމަތީ ސަމުސާ ކުދީނާފަތް ކުދިކޮށް ކޮށާފައި

ތައްޔާރު ކުރާނެ ގޮތް:

ކުކުޅު ކޮޅުގެ ތެރެއަށް ލޮނު، ރީނދޫ، ތެޅިމިރުސް، ހަވާދު، ލޮނުމެދު އަދި އިނގުރު ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޔޯގަޓާއި މަސްޓަރޑް ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށް ބަހައްޓާށެވެ.

ތަތްނުލަވާ ތަންކޮޅެއް ފުން ތަވައެއްގައި ގިތެޔޮކޮޅު ހޫނު ކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ދިރިކޮޅާއި، ކަރަންފޫ ފޮނިތޮށި ކާފޫރުތޮޅި ކޮޅުގެ އިތުރުން ފިޔާކޮޅު އަޅައި ރަތްވަންދެން މަޑުގިނީގައި ބަހައްޓާށެވެ. ދެން މަސްމިސްރުސްކޮޅު އެއްކޮށްލައި އިރުކޮޅެއް ވަންދެން ބަހައްޓާށެވެ. އެއަށްފަހު އަލުވިކޮޅު އަޅާލައި އުނދުނުގެ ގިނި ކުޑަތަންކޮޅެއް ގަދަކޮށްލާށެވެ.

ދެން ލޮނާއި ރޯމިރުސްކޮޅު ވެސް އެއްކޮށްލައި އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ކުދީނާ ފަތްކޮޅާއި ފެނުލައި މަޑުކޮށްފައިހުރި ބާސްމަތީ ހަނޑޫ އެއްކޮށް ރަނގަޅަށް ގަށަމުން ގެންދާށެވެ. އެއަށްފަހު ތިން ޖޯޑު ފެންއަޅައި ރަނގަޅަށް ހަލަމުން ގެންދާށެވެ. މަތިޖަހައިގެން މަޑުގިނީގައި ރަނގަޅަށް ކައްކާލާށެވެ. މިހާރު ތިހުރީ ބިރިޔާނީ ތައްޔާރު ކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!