ޚަބަރު ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސްލައްކަ ފަތުރުވެރިން އައިސްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކަ ފަތުރުވެރިން އެތެރެވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ޓާގެޓަށް ވާސިލުވުމުގެ އުއްމީދު ބޮޑުވެފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގައި ރާއްޖެއަށް އައިސްފައިވަނީ އެއް މިލިއަން ހަލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ތިން ފަތުރުވެރިންނެވެ.

އަދި 2021 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ އެއްމިލިއަން ތިން ލައްކަ އެކާވީސް ހާސް ނުވަސަތޭކަ ތިރީސް ހަތް ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ފަސްލައްކަ ފައްސަތޭކަ ނުވަދިހަ ހަތް ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާއެވެ.

މިގޮތުން އެގައުމުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 60،590 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައީ އިންޑިއާއިން ކަމަށްވާއިރު އެގައުމުން ވަނީ 52،734 ފަތުރުވެރިން ރާއްޖެއައިސްފައެވެ.

  1. ފަސްލައްކަ ފަތުރުވެރިން އައި އިރު އެއަރ ޕޯޓުގެ ކަންތައް ހުންނަނީ ކިހިނެއް…މަސައްކަތް ކުރާ މުވައްޒަފުން ތެޅެނީ ގަނަ..މުޅި އެއަރ ޕޯޓުތެރޭގަ މީދަލުގެ އުނދަގޫ އެހާބޮޑު…ފަންގަސް ޖަހާފަ މުޅި ތަނުގަ…މުވައްޒަފުން މަސައްކަތް ކުރާނެ ރަގަޅު މާހައުލެއް ނެތް…ވ. ސަލާން