ޚަބަރު

ދެން ރެސިޕީ | ބްރެޑް ޕޮކެޓްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

10 ފޮތި ޕާން

Ads by Hajj Corporation

3 ސަމްސާ ފާރޮށި ކުނޑި

1 ބިސް

2 ފިޔާ ކޮށާފައި

1 މޭޒުމަތީ ސަމްސާ އިނގުރު-ލުނބޯ ޕޭސްޓް

1/2 ޓޮމާޓޯ ކޮށާފައި

1/2 މޭޒުމަތީ ސަމްސާ ތެޅި މިރުސް

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމުސާ މަޔޮނެއިޒް

1/2 ޖޯޑު ކުކުޅު ފިހެލުމަށްފަހު ކުދިކޮށް ކޮށާފައި

1/2 ޖޯޑު ގްރީން ޕީސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ ހޫނުކޮށްލުމަށްފަހު މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. އޭގެ ތެރެއަށް ފިޔާ އަޅާލާށެވެ. ދެން އިނގުރު ލުނބޯ ޕޭސްޓް އަޅާލުމަށްފަހު ފިޔާ މީރުވަންދެން ކައްކާލާށެވެ.

ކޮށާފައި ހުރި ޓޮމާޓޯ ކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އޭގެ ތެރެއަށް މިރުސް ޕައުޑަރް އަޅާލާށެވެ. އެއަށްފަހު ޓޮމާޓޯ ކެޗަޕް، މެޔޮނީޒް އަދި ފްރޯޒެން ގްރީން ޕީސްއެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެއޭގެ ތެރެއަށް ކުކުޅުކޮށް އަޅާލާށެވެ.

ދެން ޕާން ފޮތިތައް ނަގައި ވަށައިގެން އިންނަ ބައި ނެގުމަށްފަހު ދެ ޕާންފޮތި ރޮށި ދަމާހެން ރަނގަޅަށް ފްލެޓްކޮށްލާށެވެ. އެއަށްފަހު ކުކީ ކަޓަރ ނުވަތަ ވަށްކޮށް އިންނަ އެއްޗަކުން ޕާންފޮތި ވަށްކޮށް އިންނާނެހެން ކަފާލާށެވެ. ދެން ބިސް ތަށްޓަކަށް އަޅައި ވަށްކޮށް ދެންމެ ތައްޔާރުކުރި ޕާން އެއަށް އަޅައި ފޯ ކޮށްލާށެވެ. އޭގެން ނަގައި ފާރޮށި ކުނޑި ބުރުވާލާށެވެ.

ތެޔޮ ހޫނުކޮށްލާށެވެ. އެއަށް ޕާންތައް އަޅައި ފުއްޕާލައި ގޯލްޑަން ބްރައުން ކުލައަށް ބަދަލުވަންދެން ޑީޕް ފްރައިކޮށްލާށެވެ. ފިލިން އެޅުމަށް ޕާނުގެ މެދުން ބުރިކޮށްލާށެވެ. އެއަށްފަހު ކުރިންތައްޔާރު ކުރި ސޯސްގަނޑު އެއަށް އަޅާލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!