ދެން ރެސިޕީ | ކްރީމީ މަޝްރޫމް ޕާސްތާ

ބޭނުންވާތަކެތި:
2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
1 މޭޒުމަތީ ސަމްސާ ބަޓަރ
1 ފިޔާ
250ގ މަޝްރޫމް ފޮތިކޮށްފައި
3 ލޮނުމެދު
200 އެމްއެލް ކިރު
1 ލުނބޯގެ ތޮށި (ގާނާފައި)
200ގ ޕާމަޝަން ޗީޒް
300ގ ޕާސްތާ
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ތެޔޮފޮދާއި، ބަޓަރުކޮޅު އަޅައި ފިޔާ ކޮޅު ރަތް ކޮށްލާށެވެ. ފިޔާގަނޑު ރަތްވުމުން އޭގެ ތެރެއަށް މަޝްރޫމްކޮޅު އަޅައި ރޯ ފިލުވާލާށެވެ. އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅައި ކިރު ކޮޅު އަޅާލާށެވެ. ކިރު ރަނގަޅަށް ކެކިގަތުމުން ލުނބޯ ތޮށްޓާއި ޗީޒް އަޅާށެވެ.
ޕާސްތާ ކޮޅު ކައްކާލުމަށްފަހު އޭގެ ތެރެއިން ޕާސްތާ ފެންފޮދެއް ނަގާށެވެ. ޕާސްތާ ކޮޅު ކެކުމުން ކްރީމްކޮޅު ތެރެއަށް އެއްކޮށްލާށެވެ. އަދި ކުރިން ނެގި ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.