ދެން ރެސިޕީ | ޗޮކްލެޓް ބޯލްސް

ބޭނުންވާތަކެތި:
44 މާރީ ބިސްކޯދު
200 ގްރާމް ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓް
¾ ޖޯޑު ގެރިކިރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
1. މާރީ ބިސްކޯދުތައް ފުނޑުފުނޑު ކޮށްލާށެވެ. ފުނޑުވާނީ އެހާ ހިމުން ކޮށެއް ނޫނެވެ.
2. ފުނޑު ކުރި ބިސްކޯދާއި ގެރިކިރާއި ވެނީލާ އެސެންސް އެއްކުރާށެވެ.
3. އެއްކުރި ސާމާނު 17 ބަޔަށް ބަހާލުމަށް ފަހު ކޮންމެ އެތިކޮޅެއް ބޯޅައެއް ގޮތަށް ދެއަތުން ވަށް ކޮށްލާށެވެ.
4. ދެން ބޯޅަތައް ގަނޑު ކުރާ ބަޔަށް ލާފައި ރަނގަޅަށް ސެޓްވަންދެން ބަހައްޓާށެވެ. ސެޓްވުމުން ހުންނާނީ ހަރުކޮށެވެ. އަހަރުމެންނަށް މިކަމަށް ނެގީ ތިރީހަކަށް މިނެޓެވެ.
5. ޗޮކްލެޓު ކުދި އެތިކޮޅު ކޮޅަށް ހުންނާނެ ގޮތަށް ކޮށާލާށެވެ.
6. ދެން ޗޮކްލެޓްތައް ވިރުވާލާނީއެވެ.
7. ގަނޑު ކުރާ ބަޔަށް ލި ބޯޅަތައް ޗޮކްލެޓުގެ ތެރެއަށްލާ އޭގައި ރަނގަޅަށް ޗޮކްލެޓް އުނގުޅާށެވެ. ހުރިހާ ބޯޅަ ތަކެއް އެއްފަހަރާ އަޅާލައިފިނަމަ އެކަން ކުރަން އެހާ ފަސޭހަ ނުވެދާނެއެވެ. އެހެންވެ ޗޮކްލެޓުގެ ތެރެއަށް ވައްޓާލާނީ ފަހަރަކު ދެބޯޅައެއް ވަރެވެ.
8. އަނެއްކާވެސް ބޯޅަތައް ގަނޑުކުރާ ބަޔަށް ލާށެވެ.