ދެން ރެސިޕީ | ކަސްޓަރޑް ޕުޑިން

ބޭނުންވާ ތަކެތި:
4ސައި ސަމްސާ ހަކުރު
1 ސައި ސަމްސާ ފެން
1 ސައި ސަމްސާ ހޫނު ފެން
2 ބިސް
250މލ ކިރު
5 ސައި ސަމްސާ ހަކުރު
1 ސައި ސަމްސާ ބަޓަރ
4 މޭޒުމަތީ ސަމްސާ ކަސްޓަޑް ޕައުޑަރ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕުޑިން ތައްޔާރުކުރަން ބޭނުންވާ ޓްރޭ ނުވަތަތަށިތަކުގައި ބަޓަރ ހާކާލާށެވެ. ހަކުރުކޮޅު ވިރުވާލުމަށް ފެނާއި ހަކުރުތެެއްޔަކަށް އެޅުމަށް ފަހު މަޑު ގިނީގައި ކައްކާލާށެވެ. ވިރެމުންދާވަރަކަށް ހޫނު ފެން ކޮޅެއް ވެސް އަޅައިލާށެވެ. ހަކުރު ވިރި ރަން ކުލައެރުމުން ނަގައި ޓްރޭއަށް އަޅާށެވެ.
އެހެން ތައްޓެެއްގައި ބިސް، އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތެއްޔަކަށް ކިރާއި، ކަސްޓަރޑް އަދި ހަކުރު އެޅުމަށް ފަހު ހަކުރުކޮޅުވިރެންދެން ރަނގަޅަށް ކައްކާލާށެވެ. ކައްކައި ނިމުމުން ބިސް އަޅައިއެއްކޮށްލާށެވެ.
ކުރިން ތައްޔާރު ކުރި ޓްރޭއަށް ކަސްޓަރޑް މިކްސް އަޅައި އަވަނުގައިރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ.