ރެސިޕީ

ދެން ރެސިޕީ | ޕޮޓޭޓޯ ޕައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ކިލޯ އަލުވި (ފޮތިކޮށް ކޮށާފަ)

Ads by WAMCO

40 ގ ބަޓަރު

3/1 ޖޯޑު ފުށް

2 ފިޔާ (ކުދިކޮށް ކޮށާފަ)

1 ލީޓަރ ކިރު

½ ސަމްސާ އަސޭމިރުސް

½ ސަމްސާ ލޮނު

ޗީޒް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕައި ސޯސް ހެދުމަށްޓަކައި ތަވައެއްގައި ބަޓަރު ކޮޅު ވިރެންދެން ހޫނު ކޮށްލުމަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރޭގައި ކިރު ކޮޅުއަޅާ އޮލަވަންދެން ކައްކާށެވެ. ބޭނުންވާނަމަ ސޯސްކޮޅު ތެރެއަށް ކުޑަ ޗީޒްކޮޅެއް އެޅިދާނެއެވެ. ސޯސްކޮޅު އެއްކޮށް އޮލަ ވުމުން އޭގެތެރެއަށް އަސޭމިރުސް އަދި ލޮނުކޮޅު އަޅައި ހޫނު ކުރުމަށްފަހު އުނދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭއެއްގައި ސޯސްކޮޅުގެ އެއްބައި އެޅުމަށްފަހު އޭގެމަތިން އަލުވި ފޮތިތައް އަތުރާށެވެ. އަދި އޭގެމަތިން ފިޔާތައް އަތުރާލުމަށްފަހު ބާކީހުރި ސޯސްކޮޅު އެއްކޮށް އަޅާ ރީތިކޮށްފަތުރާލާށެވެ. އެދި އޭގެމަތިން އަލުވި ފޮތިތައް އެތުރުމަށްފަހު މަތި ފޮރުވެންދެން ޗީޒް އަޅާށެވެ. އެއަށްފަހު އަވަނުގައި 35 މިނެޓް ފިހާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!