ރެސިޕީ

ދެން ރެސިޕީ | ކަދުރު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު

Ads by WAMCO

1 ޖޯޑު ހޫނުފެން

1/2 ސައިސަމުސާ ބޭކިންގް ސޮޑާ

1/2 ޖޯޑު ބަޓަރު

1/2 ޖޯޑު ބްރައުން ޝުގަރ

1 ޖޯޑު ފުށް

2 ކުކުޅުބިސް

1/2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

1. ފުރަތަމަ އަވަން ހޫނުކުރަން ޖައްސާށެވެ. 220 ޑިގްރީސް ސެލްސިއަސްގައެވެ. އަދި 8 އިންޗީގެ ޕާން ފިހާ ފާޑުގެ ޓްރޭއެއްގައި ރަނގަޅަށް ޕާޗްމަންޓް ކަރުދާސް ފަތުރާލާށެވެ. ތިރީގައާއި އަރިމަތި ތަކުގައި ވެސް މެއެވެ.

2. ބޯތަށްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށް ފަހު 30 މިނެޓު ވަންދެން ބަހައްޓާށެވެ.

3. ތިރީސް މިނެޓު ހަމަވުމުން، ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ކަދުރުކޮޅު ޗަސްކޮށްލާށެވެ. ޗަސްކޮށްލާނީ ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

4. ވިސްކް ބޭނުންކޮށްގެން ހަކުރާއި ބަޓަރު އެއްކުރާށެވެ.

5. ދެން އެއަށް ބިސްކޮޅާއި، ފުށާއި، ވެނީލާ އެސެންސް ކަދުރުކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

6. ކުރިން ތައްޔާރުކުރި ޓްރޭގެ ތެރެއަށް އެއްކުރި ސާމާނުއޮއްސާލާށެވެ.

7. ދެން އަވަނަށް ލައި ފިހާނީއެވެ. އަހަރުމެންނަށް ފިިހެވުނީ 20 މިނެޓުންނެވެ. ޓޫތުޕިކެއް މެދަށް ހަރައިލާފައި ނަގާއިރު އޭގައިއެއްވެސް އެއްޗެއް ހަރު ލާފައި ނުވާނަމަ އެއޮތީ ރަނގަޅަށްފިހެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!