ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވާން އެދިއްޖެ

ލޮލަށް އަޅާ 4 ބޭހަކާއި މެދު ސަމާލުވުމަށް މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އެދިއްޖެއެވެ.
އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮލަށް އެޅުމަށް ބޭނުންކުރާ އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް އަކީ އިމްޕޯރޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ.
އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން މި ބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމް.އެފް.ޑީ.އޭ އިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯރޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަށެވެ.