މިއީ ރަމަޟާން މަސްކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަނދުމަކޮށް ދިނުމަށް ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު އެދިވަޑައިގެންފިއެވެ.
ދިޔާނާ ވަނީ ރައީސް ޞާލިޙާ ދެކޮޅަށް، ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ބޭފުޅުން އެކި މަޤާމުތަކުން ވަކި ކުރައްވަމުން އަންނާތީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، މަޤާމުތަކުން ވަކި ކުރާ ފަރާތްތައް، ޖިނާއީ ކުށެއް ކޮށްފައި ނެތް ނަމަ، ރޯދަ މަސް ނިމެންދެން، މަޤާމުން ވަކި ނުކުރައްވައި، ކެތްތެރިވެލައްވަން، ދީނީ ޢިލްމުވެރިއަކު ނަސޭހަތް ދެއްވަން ވެއްޖެ ކަމަށެވެ.
"އިސްލާމީ ޤައުމެއްގެ ވަލިއްޔުލްޢަމްރު ވީމާ، ކޮންމެވެސް ޢިލްމުވެރިޔަކު އެ މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވާ ދެއްވަ ބައްލަވާ މީ ރޯދަ މަސްކަން."
ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގެ މަޤާމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވަކި ކުރައްވައިފައިވާއިރު، އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ހުސައިން އަމްރު އަދި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތު ކުރިއަރުވައި ދަނޑުވެރިކަން އާލާކުރުމަށް އުފައްދާފައިވާ ކުންފުނި، އެގްރޯނެޓް ގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގައި ހުންނެވި ހާރޫން ރަޝީދުވެސް ވަނީ މަޤާމުން ވަކިކުރައްވައިފައެވެ.
ދިޔާނާ ވީ ފުރަތަމަ ދީނީ އިލްމުވެރިޔަކާ އިންނަން
ހެޔުކަންކަން ކުރުމަކީ ހަމައެކަނި ރޯދަމަހު ކުރާން އޮންނަ ކަމެއްނޫން ހުރިހާ މަހެއްގައިވެސް ކުރަންވާނީ ހެޔުކަންކަން! ގޯސްކަންކަން ރޯދަމަހުގައިވެސް އަދި އެނުން މަސްތަކުގައިވެސް ކޮށްގެންނުވާނެ !
އަސްލުވެސް ސަރުކާރުގަ ހުރެގެން ރައީސާ ދެކޮޅަކަށް ނުނުކުމެވޭނެ.
ޖާބިރު އަށް މީރޯދަމަސްކަން އަންގާލަދެއްވުމަށް ކޮންމެވެސް ދީނީ ބޭފުޅެއްވެއްޖެނޫންތޯ…ދިޔަނާވެސް ހަމަހޭގަތޯ ތިހުންނަވަނީ ޖާ ބައްލަވާލަދެއްވަބަލަ…
މަޤާމުގެ ޒިންމާ އަދާނުކުރެވޭނަމަ ވަކިކުރާނެ އެއީ ވަކިމަހެއް ބަލާފަ ކުރަންޖެހޭކަމެއްނޫން ދިޔާނާ
ޤާނޫނީ ވަކީލެކޭ ބުނާތީވެސް ދެރަވޭ އެވަރު ނޭނގޭތީ
ކަލެއަށް އުއްތަމަ ފަނޑިޔާރު ގޮނޑި ހުވަފެނުގަ ފެނިގެންތަ ތިފެލެނީ
މާ ރަގަޅު ވާނެ ދީނީ ޢިލްމުވެރިއެއް ކައިރީ އައުރަ ނިވާކުރުމާ ގުޅޭ ގޮތުން ދިޔާނާ ސުވާލުކުރިއްޔާ! ސަލާމް.