ދެން ރެސިޕީ | މައިލޯ ކޭކް

ބޭނުންވާ ތަކެތި:
2/1 ޖޯޑް ކޮކޯ ޕައުޑާ
1 ޖޯޑް މައިލޯ
2/1 ލާހި ފުށް
1 ޖޯޑް ހަކުރު
1 ސައިސަމްސާ ބޭކިންގ ޕައުޑަރ
1 ޖޯޑް ހިކި ކިރު
1 ސައިސަމްސާ ވެނީލާ އެސެންސް
3 ބިސް
4/1 ޖޯޑް ތެޔޮ
ފުލްކްރީމް މިލްކް ޕެކެޓް އެއް
ބަޓަރ
ތައްޔާރުކުރާނެ ގޮތް:
ބިސް، ހަކުރު،އެސެންސް އަދި ތެޔޮ، 3/1 ޖޯޑް ފުލްކްރީމް މިލްކް އަޅައިގެން މިކްސްސަރ އިން ގިރާލާށެވެ. ދެން، ފުށް، ކޮކޯ ޕައުޑަރ، މައިލޯ، ބޭކިންގ ޕައުޑަރ އަދި ކިރު އެއްކޮށްލުމަށް ފަހު، މިކްސްސަރ އިން މިކްސް ކުރި ތަކެތި އަޅަމުން އެއްކޮށްލާށެވެ.
ކޭކް މިކްސް ހިކި ނަމަ ކުޑަކޮށް ދިޔާވާވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން، ޓްރޭ ހޫނު ކުރުމަށްފަހު، ބަޓަރ ހާކައި އެއަށް ކޭކް މިކްސް އަޅާލުމަށްފަހު އަވަނުން ކޭކް ފިހެލުމަށްފަހު މައްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.