ދެން ރެސިޕީ | ޗިކަން ވްރެޕް
ބޭނުންވާނެ ތަކެތި:
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- 4 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ފިޔާ ކުދިކޮށް ކޮށާލާފަ
- 3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ
- 2/1 ސަމްސާ މުގުރި މިރުސް
- 2/1 ސަމްސާ މުގުރި ދިރި
- 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ
- 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ ކުދިކޮށް ކޮށައިލައިފައި
- ކުކުޅު(ކަށި ނެތް ކުކުޅު ފައިގެ މަސް) ކުދިކޮށް ކޮށައިލައިފައި
- 1 ޖޯޑު ގާނާފަ ހުރި ޗީޒް
- 4 ރޮށި ނުވަތަ ފަރާޓާ ނުވަތަ ޓޯޓިލާ
- ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށް ފަހު ކުކުޅުކޮޅު އަޅާ ދެބައި ކުޅަ އެއްބަޔަށް ރޯފިލުވާލުމަށް ފަހު ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އަޅާލާށެވެ. ފަސްވަރަކަށް މިނެޓް ކައްކާލުމަށް ފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯކޮޅު އަޅާލާށެވެ. އެއަށް ފަހު ލޮނު އަދި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކާލާށެވެ. އެއްއަށްފަހު ޗީޒް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ތައްޔާރުކޮށްލެއްވި މަސްގަނޑު ރޮށި ނުވަތަ ފަރާޓާ ގެ ތެރެއަށް އަޅާ ރޯލް ކޮށްލުމަށްފަހު ތެލުލާށެވެ. ރޯލް ކުރާނީ ކީމިޔާ ރޯލް ކުރާ ގޮތަށް އެތެރެއަށް ތެޔޮ ނުވަންނަ ހެނެވެ. ބޭނުން ނަމަ ތެލުލުމުގެ ބަދަލުގައި އަވަނުން ފިހެލައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.
Ads by Allied Insurance